އާއްމު އެންގުން
ރައްޔިތުންނާއި ބައްދަލުކުރުމާގުޅޭ
ނަންބަރު:
(IUL)369-AS/369/2026/37
ޕަބްލިޝްކުރި ތާރީޚު:
02 ސެޕްޓެންބަރު 2026
ސުންގަޑި:
06 ސެޕްޓެންބަރު 2026
ލާމަރުކަޒީ ގާނޫނުގެ 107ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ކޮންމެ 4 މަހަކުން 1 މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން، 2026 ސެޕްޓެމްބަރ 06 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:30 ގައި މ.މަޑުއްވަރީ ކައުންސިލްގެ ދަސްވަނި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ :
1. ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަގޮތް ހިއްސާކުރުން
2. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
ލިޔުން
ޑައުންލޯޑް