އާއްމު އެންގުން

ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ސަރަހައްދަށް އުޅަނދުފަހަރު އެހެލާ ބޭލުމުގެ އުޞޫލު ފާސްކުރުމާގުޅޭ:

ނަންބަރު: (IUL)369-AS/369/2026/40
ޕަބްލިޝްކުރި ތާރީޚު: 16 ސެޕްޓެންބަރު 2026

     ކަނޑުގައި ދުއްވާ  އުޅަނދުފަހަރު އެހެލާ ސަރަހައްދަށް އުޅަނދުފަހަރު އެހެލާ ބޭލުމުގެ އުޞޫލު، 2026 ސެޕްޓެމްބަރ 10ވަނަ ދުވަހު ބޭއްވުނު މ. މަޑުއްވަރީ ކައުންސިލްގެ 5 ވަނަ ދައުރުގެ 17 ވަނަ ޢާންމު ބައްދަލުވުމުން ފާސްކުރުމާއި ގުޅިގެން މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރީމެވެ. 

     މި އުސޫލުގެ 17 ވަނަ މާއްދާ ފިޔަވައި ދެން ހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ 2027 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އުސޫލުގެ 17 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ 2026 އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން ކަމުގައި ދަންނަވަމެވެ.

     ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

ޝެއަރ ކުރައްވާ

ޑައުންލޯޑް ކުރުމަށް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ