ހިތްފަހި ފުޓްސަލް ޗެލެންޖް 2026 މުބާރާތް ސްޕޮންސަރ ކުރުމަށް އަދި މުބާރާތަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން ޕާޓްނަރަކަށް ވުމަށް ފުރުސަތު ހުޅުވާލުން
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ މ.މަޑުއްވަރީ ކައުންސިލްގެ 3 ވަނަ ފުޓްސަލް މުބާރާތް "ހިތްފަހި ފުޓްސަލް ޗެލެންޖް 2026" އޮކްޓޯބަރ 31 އިން ނޮވެމްބަރ 6 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ފެންވަރު ރަނގަޅުކޮށް ކާމިޔާބުކަމާއެކު ބޭއްވުމަށްޓަކައި، ސްޕޮންސަރ ކުރުމަށް ، ނުވަތަ އެހީތެރިކަން ފޯރުކޮށްދީގެން ޕާޓްނަރަކަށް ވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި، ތިރީގައިވާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ:
1. ކްލަބް ޖަމްޢިއްޔާތައް
2. ވިޔަފާރި ކުންފުނިތައް
3. އާންމު ފަރުދުން
މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކުރައްވައިގެން މުބާރާތުގެ ނަމުގެ ކުރިއަށް އެފަރާތުގެ ނަން ހިމެނުމުގެ ފުރުސަތުވެސް އޮތް ކަމުގައި ދަންނަވަމެވެ. އަދި މާލީގޮތުން އެފަރާތެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ދެވެން އޮތް ކޮންމެ އެހީތެރިކަމަކީވެސް މި ކައުންސިލުން ނުހަނު އިޙްލާސްތެރިކަމާއެކު ބަލައިގަންނާނެ އެހީތެރިކަމެކެވެ.
މިއިއުލާނާއެކު ސްޕޮންސަރޝިޕް ޕްރޮޕޯސަލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.
ފޯން: 6720038
އީމެއިލް: info@maduvvari.gov.mv
ވެބްސައިޓް: www.maduvvari.gov.mv
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ