ކައުންސިލްގެ އެއްގަމު އުޅަނދު ފަހަރު ދުއްވުމަށް ޑްރައިވަރުންގެ ޕޫލެއް އެކުލަވާލުމާއި ގުޅޭ
ކައުންސިލްގެ އެއްގަމު އުޅަނދު ފަހަރު ކުއްޔަށް ދޫކުރުމުގެ އުޞޫލު 2026 އޮކްޓޫބަރ 29 ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ އާންމު ބައްދަލުވުމުން ވަނީ ފާސްކޮށް އަދި 2026 ނޮވެމްބަރ 10 ވަނަ ދުވަހު މިއުޞޫލުވަނީ ކައުންސިލްގެ ވެބްސައިޓްގައި އާންމުކުރެވިފައެވެ. އަދި މި އުސޫލަށް 2026 ޑިސެމްބަރ 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ކަނޑައަޅާފައި ވާތީ، އެއުޅަނދުތައް ދުއްވުމަށް ޑްރައިވަރުންގެ ޕޫލެއް އެކުލަވާލުމަށް ކައުންސިލުން ބޭނުންވެއެވެ.
އެހެންކަމުން އެއްގަމު އުޅަނދު C1,C2 އަދިC3 ކެޓްގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު އޮތް ފަރާތްތަކުން މި ޕޫލްގައި ބައިވެރިވުމަށް ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. އަދި ކުރާ ކޮންމެ ދަތުރަކަށް ކަނޑައެޅިފައިވާ އެލަވަންސް ހަމަޖެހިފައިވާ ގޮތުގެމަތިން ޑްރައިވަރަކަށް ލިބިގެންދާނެކަމުގައި ދަންނަވަމެވެ.
ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ރަޖިސްޓްރީ ލިންކް : https://forms.fillout.com/t/cagqMUcbn7us