5 ވަނަ ދައުރު - 2026 - 9 ވަނަ ޢާންމު ޖަލްސާ
ޖަލްސާ ނަންބަރު:
308/5/2026/9
އެޖެންޑާ ނަންބަރު:
308/5/2026/9
ތާރީޚް:
16 ޖުލައި 2026
ވަގުތު:
10:30
ތަން:
ކައުންސިލް މީޓިންގް ރޫމް
އެޖެންޑާ
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 08 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- ކައުންސިލަށް ލަފާދޭ ކޮމެޓީއެއް ޢައްޔަން ކުރުމަށް މަޝްވަރާކުރުން.
- ބައެއް ރިސޯޓުތަކުން ހުއްދަނުނަގާ ރ.އުފުލަންދޫއަށް އަރާތީ، ރ.އުފުލަންދޫއަށް އެރުމުގައި ޢަމަލުކުރަން ޖެހޭނެ އުސޫލެއް ހެދުމަށް މަޝްވަރާކުރުން.
- ކައުންސިލްގެ ފައިނޭންސް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ކައުންސިލްގެ ޤަރާރަކުން އައްޔަންކޮށް ފާސްކުރުން
ޚުލާސާ
ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ލަފާދޭ ކޮމިޓީ ފާސްކުރުމަށް ރައްޔިތުންގެ ބައްދަލުވުމަށް ހުށަހަޅައިގެން އެކުލަވާލުމަށް ނިންމުމާއި، އުފުލަންދޫއަށް ރިޒޯޓްތަކުން ހުއްދަނުނަގާ އަރަމުންދާ މައްސަލައަށް ޙައްލުހޯދުމަށް އިޢުލާންކުރުމަށް ނިންމުމާއި ކައުންސިލްގެ ފައިނޭންސް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ކައުންސިލްގެ ޤަރާރަކުން ފާސްކުރުމަށް ނިންމުނެވެ.
ނިންމުން
- 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 09 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
- ކައުންސިލުގެ 5 މެންބަރުން ނަގާ ނަންތަކެއް ރައްޔިތުންގެ ބައްދަލުވުމަށް ހުށަހެޅިގެން ކޮމިޓީ އެކުލަވާލުމަށް ނިންމުން
- ރ.އުފުލަންދޫއަށް ރިސޯޓުތަކުން ޓޫރިސްޓުން ހުއްދަ ނުނަގާ އަރަމުންދާތީ އެކަމަށް ޙައްލެއް ގެނައުމަށް ނިމިދިޔަ ކައުންސިލުން ހަދާފައިވާ އުޞޫލު ބެލުމަށްފަހު ރިސޯޓުތަކާ ބައްދަލުކޮށް ދެފަރާތަށްވެސް މަންފާ ލިބޭނެގޮތަކަށް އުޞޫލު ރިވިއުކުރަން ނިންމުން އަދި އުޞޫލު ރިވިއުކުރަމުންދާ މުއްދަތުގައި ޢަމަލުކުރަންޖެހޭނެ ކަންކަން ހިމަނައިގެން އިޢުލާނެއް ޢާއްމުކުރުން.
- މަޑުއްވަރީ ކައުންސިލްގެ ފައިސާއާ ގުޅުންހުރި އެންމެހާ ކަންކަން މިހާތަނަށް ކޮށްފައިވާ ފަރާތަކީ މުވައްޒަފު ޢަބްދުލްމުޙައިމިން މުޙައްމަދުފުޅު، މިހާތަނަށް ކޮށްފައިހުރި މަސައްކަތަށް ބަލާއިރު ރ.މަޑުއްވަރީ ކައުންސިލްގެ ފައިސާއާ ބެހޭ ޔުނިޓުގެ މަސައްކަތް ކޮށްފައި ހުރީ ވަރަށް ފުރިހަމައަށް ކަމަށްވާތީ ކުރިއަށް އޮތްތާވެސް އެ ޔުނިޓަށް ޢަބްދުލްމުޙައިމިން މުޙައްމަދުފުޅު ކަނޑައެޅުމަށް ޤަރާރު ފާސްކުރުން.