5 ވަނަ ދައުރު - 2026 - 11 ވަނަ ޢާންމު ޖަލްސާ

ޖަލްސާ ނަންބަރު: 308/5/2026/11
އެޖެންޑާ ނަންބަރު: 308/5/2026/11
ތާރީޚް: 04 އޮގަސްޓު 2026
ވަގުތު: 10:30
ތަން: ކައުންސިލް މީޓިންގް ރޫމް

އެޖެންޑާ

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 11 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2. އަބާބީލް ޤުރުޢާން ކުލާހުގެ ޤުރުޢާން މުބާރާތައް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުން
  3. އިރުވެލި މާލަމް ބޭނުންކުރުމަށް ހަދާފައިވާ އުސޫލު އަލުން އިސްލާހުކޮށް މުރާޖާކުރުން
  4. ރ.މަޑުއްވަރީ ސަމިޓް މުހައްމަދު ލަތީފް 2026 ޖުލައި 7 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ އަށް މަޝްވަރާކޮށް ގޮތެއްނިންމުން
  5. ރ.މަޑުއްވަރީ ސަނީކޯނަރު ގެއިން ދުން އަރާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އަމިއްލަ ފަރާތަކަނުން ހުށައަޅާފައިވާ މައްސަލައަށް މަޝްވަރާކުރުން
  6. ޤަޢުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާނެ ހަރަކާތްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރުން
  7. ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް އިދާރީގޮތުން ހުރި ބޮޑެތި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
  8. ކައުންސިލަށް ލަފާދޭ ކޮމިޓީ ފާސްކުރުން

ޚުލާސާ

ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، އަބާބީލް ޤުރްއާން ކުލާހުން ހުށަހަޅާފައިވާ ސިޓީއަށް އެހީދިނުމަށް ނިންމުމާއި، އިރުވެލި މާލަން ބޭނުންކުރުމަށް ހަދާފައިވާ އުޞޫލަށް އިސްލާޙު ގެނެސް ފާސްކުރުމާއި، ސަމިޓް މުޙައްމަދު ލަޠީފް ހުށަހަޅާފައިވާ މައްސަލަ ބަލާ ދިރާސާކުރުމަށް ނިންމުމާއި، ޢާންމު ފަރުދުންނަށް އުނދަގޫވާ އެންމެހާ ކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް އެފަދަ ކަންކަން ވީއެންމެ އަވަހަކަށް ހުއްޓުވުމަށް ނިންމުމާއި ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމުމާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކައުންސިލުން ލިޔުމުން މުވައްޒަފުންނަށް ނަސޭހަތްތެރިވުމަށް ނިންމުމާއި ލަފާދޭ ކޮމިޓީއަށް ރުހުންދީ ފާސްކުރެވުނެވެ.

ނިންމުން

  1. 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 11 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާ ފާސްކުރުން.
  2.  އަބާބީލް ޤުރުޢާން ކުލާހުގެ ޤުރުޢާން މުބާރާތައް 5000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމުން. 
  3. އިރުވެލި މާލަމް ބޭނުންކުރުމަށް ހަދާފައިވާ އުސޫލު އަލުން އިސްލާހުކޮށް ފާސްކުރުމަށް ނިންމުން. 
  4. ރ.މަޑުއްވަރީ ސަމިޓް މުހައްމަދު ލަތީފް 2026 ޖުލައި 7 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ މައްސަލަ ބަލާ ދިރާސާކުރުމަށް ނިންމުން. 
  5. މަސްކައްކާ ހިއްކުމާއި ޢާއްމު ފަރުދުންނަށް އުނދަގޫވާ އެންމެހާ ކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ޚާއްސަ ސަމާލުކަމެއްދީ ވީ އެންމެ އަވަހަކަށް މިފަދަ ކަންކަން ހުއްޓުވުމަށް ނިންމުން. 
  6. ޤަޢުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މުއައްސަސާތަކާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު، އާއިލީ ހަވީރު އަދި  މަސްރޭހެއް ކުރިއަށް ގެންދިއުމަށް ނިންމުން.
  7. ކައުންސިލް ޖަލްސާތަކުން ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކައުންސިލުން ލިޔުމުން މުވައްޒަފުންނަށް ނަސޭހަތްތެރިވުމަށް ނިންމުން. 
  8. ހުށަހަޅާފައިވާ ގޮތަށް ލަފާދޭ ކޮމެޓީއަށް ރުހުންދީ ފާސްކުރުމަށް ނިންމުން
ޝެއަރ ކުރައްވާ

ގުޅުންހުރި ފައިލްތައް

ޔައުމިއްޔާ ފައިލްތައް

All Rights Reserved © 2026

މުލަކަތޮޅު މަޑުއްވަރި ކައުންސިލްގެ އިދާރާ